ބުރުގާ އަޅާ އަންހެނުންނަށް ކުރާ ފުރައްސާރައަށް ޤާނޫނީ ހައްލެއް ހޯދާނަން : ޖެސިންޑާ

އާމިނަތު އަޙުމާ
ފޮޓޯ: މަނީ ކަންޓްރޯލް ފޮޓޯ: މަނީ ކަންޓްރޯލް

ނިއުޒީލޭންޑްގެ ބޮޑު ވަޒީރު ޖެސިންޑާ އާޑެން ވަނީ އަންހެނުންގެ ތެރެއިން ބުރުގާ އަޅާ މުސްލިމުންގެ ދިފާއުގައި ނިކުމެވަޑައިގަނެ، އަނެއްކާވެސް ޢާންމުގެ ހިތްތަކުގައި ގަދަރުވެރި މަގާމެއް ހޯދާފައެވެ.

މުސްލިމް އަންހެނުން ބުރުގާގައި މަގުމައްޗަށް ނުކުމެ އުޅޭއިރުގައި ފުރައްސާރަތައް އެ މީހުންނަށް އަމާޒުވާކަމަށް މައުލޫމާތު ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިހެން ވިދާޅުވެފައިވަނީ އިއްޔެ ޑުނެޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

"ޤާނޫނު ހަދާ މަޖިލީހުގައި މިދާއިރާ ތަމްސީލް ކުރައްވާ މެންބަރުގެ ފަރާތުން އަޅުގަނޑަށް ވަނީ އެމައުލޫމާތު ލިބިފައި. އެފަދަ ކަންކަން ހުއްޓުވަން އަޅުގަނޑު ޤާނޫނީ ހައްލެއް ހޯދާނަން. އަދި މިފަދަ ނޭއްގާނީ އަމަލުތައް ނުހިންގުމަށް މީހުން ހޭލުންތެރި ކުރުމަށް ގައުމީ މަސައްކަތެއް ފަށާނަން." ޖެސިންޑާ ވިދާޅުވިއެވެ.

2017 އިން ފެށިގެން ނިއުޒިލޭންޑްގެ މިސްކިތްތަކަށް ހަމަލާ ދިން މީހާވެސް އުޅުނީ ޑުނެޑިންގައެވެ. 20 މަސްދުވަހު އެ ޓެރަރިސްޓު ނިއުޒީލޭންޑްގައި ދިރިއުޅުން އިރުވެސް އޭނާގެ ފިކުރާއި ވިސްނުން ހުރީ އެފަދަ ނުރައްކާތެރި ގޮތަކަށްކަން ރަސްމީ އިދާރާތަކަށް އެނގިފައި ނުވީތީ ހިތާމަ ކުރާކަން ޖެސިންޑާ ފާހަގަ ކުރެއްވިއެވެ.

ހަމަލާ ދެވުން ދުވަހުން ފެށިގެން ދެވަނަ ފަހަރަށް ނިއުޒީލޭންޑްގެ މިސްކިތަކަށް މިފަދަ ހަމަލާއެއް ލިބުނަ ނުދިނުމަށް އެޅެން އޮތް ހުރިހާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ނިއުޒިލޭންޑް ބޮޑު ވަޒީރު ވިދާޅުވިއެވެ.



 

ކިޔުންތެރިންގެ ހިޔާލު