ލަންކާގައި މިރޭވެސް ކާފިއު އިއުލާންކޮށްފި

އީމާ މުހައްމަދު ވަހީދު

ސްރީލަންކާގައި މިރޭވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާ ގޮތަށް އެގައުމުގެ ފުލުހުން ނިންމައިފިއެވެ.

ސްރީލަންކާގެ ހަބަރުތައް ފަތުރާ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްރީލަންކާގައި މިރޭ އެގައުމުގެ ގަޑިން 19:00 އިން ފެށިގެން މާދަމާ ހެނދުނު 6:00 ވަންދެން ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފައެވެ.

ސްރީލަންކާގެ ފުލުހުންގެ މީޑިއާ އޮފިޝަލް އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ބުނެފަައިވާ ގޮތުގައި، އެގައުމުގެ ނޯތު ވެސްޓާން ޕޮރޮވިންސްއަށް މިރޭ ހަތަކުން ފެށިގެން މާދަމާ ހެނދުނު ހައަކަށް ކާފިއު ހިންގަން ހަމަޖެހިފައިވާއިރު، އެގައުމުގެ އެހެން ހިސާބުތަކަށް ކުއްލި ނުރައްކަލުގެ ހާލަތު ހިންގުމަށް ހަމަޖެހިފައިވަނީ، މިރޭ ނުވައަކުން ފެށިގެން މާދަމާ ފަތިހު ހަތަރަކަށް ކަމަށެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ސިލްސިލާކޮށް ދިން ބޮމުގެ ހަމަލާތަކުގައި ވަނީ އެތައް ބަޔަކު މަރުވެފައެވެ. އެ ބޮމުގެ ހަމަލާތަކަށް ފަހު، ލަންކާގެ މަޝްރަހް އަދިވެސް ހަމައަކަށް ނޭޅެއެވެ.

ކިޔުންތެރިންގެ ހިޔާލު