ލަންކާގައި މުސްލިމުންނަށް އަމާޒުކޮށްގެން ދެމުން އަންނަ ހަމަލާތަކާއި ގުޅިގެން 60 މީހުން ހައްޔަރުކޮށްފި

އީމާ މުހައްމަދު ވަހީދު

މިމަހުގެ ހަވަނަ ދުވަހުން ފެށިގެން، ސްރީލަންކާގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށްގެން ދެމުން ދިޔަ ހަމަލާތަކާއި ގުޅިގެން 60 މީހުން ހައްޔަރުކޮށްފިއެވެ.

ސްރީލަންކާއަށް މިިދިޔަ މަހުގެ 21 ވަނަ ދުވަހު، ދިން ބޮމުގެ ހަމަލާތަކުގެ ފަހަތުގައި އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ވާކަން އެނގުނު ހިސާބުން، ގިނަ ބައެއްގެ ރުޅިވެރިކަމާއި ނަފްރަތު އަންނަނީ އެގައުމުގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުވަމުންނެވެ.

އެގޮތުން، އެކި ހިސާބުތަކުގައި މިސްކިތްތަކަށާއި، މުސްލިމުންގެ ފިހާރަތަކަށް ގުރޫޕުތަކުން ނުކުމެ ގެއްލުންދީ ލޫޓުވަމުންދާއިރު، އެ ހަމަނުޖެހުންތަކުގައި މިހާތަނަށް މުސްލިމު ފިރިހެނެއް ވަނީ މަރާލައިފަ އެވެ. ލަންކާގައި ހިންގާ ހަމަނުޖެހުންތަކާއި ގުޅިގެން، މިވޭތުވެދިޔަ ދެ ދުވަހުވަނީ އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ. 

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންދާއިރު، މިހާތަނަށް 60 މީހުން ހައްޔަރުކޮށްފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ކަނާތުފިޔައިގެ ބުޑިސްޓް ގުރޫޕެއްގެ ލީޑަރުވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ގުރޫޕުތަކުން ނުކުމެ ދެމުންދާ ހަމަލާތަކުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާނީ މުސްލިމުންގެ އާބާދީ ބޮޑު ހުޅަނގު ދެކުނު ސަރަހައްދަށެވެ. ހޯމަ ދުވަހުގެ ހަމަލާތައް ހުއްޓުވަން ފުލުހުން ވަނީ ރަބަރު ވަޒަން ބޭނުންކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު