އޮސްޓްރޭލިއާގައި ދިން ބަޑީގެ ހަމަލާތަކުގައި ހަތަރު މީހަކު މަރާލައިފި

އީމާ މުހައްމަދު ވަހީދު

އޮސްޓްރޭލިއާގައި އަންގާރަ ދުވަހު ދިން ބަޑީގެ ހަމަލާތަކެއްގައި ހަތަރު މީހަކު މަރުވެ، އެކަކު ޒަހަމު ވެއްޖެއެވެ.

ބޭރުގެ ބައެއް ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުގައި، އަންގާރަ ދުވަހު ހަވީރު، އޮސްޓްރޭލިއާގެ ޑާވިންގައި ދިން ބަޑީގެ ހަމަލައިގެ މައްސަލައިގަ، ހަމަލާދިންތާ ގަޑިއިރެއް ތެރޭގައި މީހަކު އެގައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިހާރު އެ ހިސާބު ގަނޑު އޮތީ ފުލުހުންގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި، އިތުރު ހަމާލާތަކެއްގެ ބިރެއް އާއްމުންނަށް ނެތް ކަމަށެވެ.

އެގައުމުގެ ފުލުހުން ބުނީ، އެހަމަލާގެ ފަހަތުގައި ވަނީ، މިއަހަރުގެ ޖެނުއަރީ މަހު ޖަލުން ދޫކޮށްލި ކުށްވެެރިއެއް ކަމަށާއި، އަދި ފުލުހުންނަށް އެއީ ކާކުކަން ރަނގަޅަށް ދެނެގަނެވިފައިވާ ކަމަށެވެ.

އޮސްޓްރޭލިއާގައި ވަނީ މިދިޔަ މަހުވެސް ބަޑީގެ ހަމަލާތަކެއް ދީ، އެކަކު މަރައިލާ، ހަތަރު މީހަކު ޒަހަމް ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު