ލަންކާގައި މަސްތުގެ ހާލުގައި ބަސް ދުއްވި ޑްރައިވަރެއްގެ ލައިސަންސް އުމުރުދުވަހަށް ހިފަހަށްޓައިފި

އީމާ މުހައްމަދު ވަހީދު

އަވައްޓެރި ސްރީލަންކާގައި، މަސްތުގެ ހާލަތުގައި ހުރެގެން، ޕްރައިވެޓް ބަހެއް ދުއްވި ޑްރައިވަރެއްގެ ލައިސެންސް އުމުރު ދުވަހަށް ހިފަހައްޓައިފިއެވެ.

ލަންކާގެ ހަބަރުތައް ފަތުރާ ނޫހެއްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އެގައުމުގެ މެޖިސްޓްރޭޓް ކޯޓަކުން އެމީހާގެ ޑްރައިވިންގް ލައިސެންސް އުމުރު ދުވަހަށް ހިފެހެއްޓީ، މަސްތުގެ ހާލަތުގައި ހުރެގެން އާއްމު ރައްޔިތުން އަރުވައިގެން ބަސް ދުއްވި ކަމުގެ ކުށުގައެވެ.

މީގެއިތުރުން އެގައުމުގެ ފުލުހުން ވަނީ، އެމީހާ 7,500 ލަންކާ ރުޕީސްއިން ޖޫރިމަނާ ވެސް ކޮށްފައެވެ. 

އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ، އެމީހާ ބަސް އެއްވެސް ހަމައެއް ނެތި، ޓްރެފިކް ގަވައިދުތަކަށް ބެލުމެއް ނެތި ދުއްވުމުން، ޝައްކުވެގެން ބެލުމަށްފަހު ހެދި ޓެސްޓް ތަކުން އެމީހާ ބަސްދުއްވި އިރު އިނީ މަސްތުގެ ހާލަތުގައި ކަން ފުލުހުންނަށް ޔަގީން ކުރެވުމުންނެވެ.

ސްރީލަންކާގައި މިދިޔަ އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާތަކަށް ފަހު އެގައުމުގެ ފުލުހުން ދަނީ، ގައުމުގެ ސަލާމަތީ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު