އެމެރިކާއިން އާއްމު ކުރާ ނިރުބަވެރިންގެ ލިސްޓުގައި ފުރަތަމަ ފަހަރަށް ދިވެއްސެއް، ނަމަކީ އަމީން

ޢަލީ ޔާމީން

އެމެރިކާއިން ނިރުބަވެރިންގެ ގޮތުގައި ކަނޑައަޅާ ލިސްޓުގައި ފުރަތަމަ ފަހަރަށް ދިވެއްސަކު ހިމެނިއްޖެއެވެ.

އެމެރިކާގެ ޑިޕާޓްމެންޓް އޮފް ދަ ޓެރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއޭއެފްސީ) އިން މިހާރު ވަނީ މުހައްމަދު އަމީން ނަމަކަށް ކިޔާ އެ މީހާއަށް ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައެވެ.

އެމެރިކާގެ ކަމާއިބެހޭ އިދާރާތަކުން މައުލޫމާތު ދޭގޮތުގައި އަމީން އަކީ ސޫރިޔާ އަދި އަފްޢާނިސްތާނުގައި ވަރަށް އިސް މީހެއްގެ ގޮތުގައި އައިސިސްއަށް މަސައްކަތް ކޮށްދޭ މީހެކެވެ. 

އެމެރިކާ އިން ބުނެފައިވާ ގޮތުގައި، އަމީނަކީ އައިސިސްގެ އިރާޤުގެ ގޮތްޕަށް ހަނގުރާމަވެރިން ރެކްރޫޓު ކުރާ މީހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީނަކީ ސަލްޓަން ޕާކް ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ހައްޔަރުކުރަން އުޅުމުން ރާއްޖޭން ބޭރަށް ގޮސް ފިލައިގެން އުޅުނު މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު