އިންޑިޔާގައި އަންހެނުންނަށް ހާއްސަ ފިޔާތޮށި ޓެކްސީ ތައާރަފް ކޮށްފި

މުހައްމަދު ޝުޖާއު

އިންޑިޔާގެ ބެންގަލޫރުގައި އަންހެނުންނަށް ހާއްސަކޮށްގެން ފިޔާތޮށި ޓެކްސީތަކެއް ތައާރަފް ކޮށްފިއެވެ. މިމަހު ހަތް ވަނަ ދުވަހު ތައާރަފް ކުރި މި ޓެކްސީތަކުގެ ޑްރައިވަރުންނަށްވެސް ތިބެނީ އަންހެންވެރިންނެވެ. އަންހެނުންނަށް ހާއްސަ ކޮށްލައިގެން ޓެކްސީތަކެއް ތައާރަޕް ކުރީ އަންހެނުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށް، ބެންގަލޫރު ނިސްބަތްވާ ކަރްނާޓަކާ ސްޓޭޓް އޮފިޝަލުން މައުލޫމާތު ދެއެވެ. މިފަދަ ޓެކްސީތަކުގައި ދަތުރު ކުރެވޭނީވެސް ހަމަ އެކަނި އަންހެނުންނަށް ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ. އަދި މިހާތަނަށް މި ޓެކްސީތަށް އޮޕަރޭޓް ކުރަން ހަމަޖެހިފައިވަނީ ބެންގަލޫރު އެއާޕޯޓުން ކަމަށްވެސް އޮފިޝަލުންނާއި ހަވާލާދީ "އިންޑިޔާޓައިމްސް" އިން މައުލޫމާތު ދެއެވެ.


އަންހެނުންނަށް ހާއްސަކޮށްގެން ތައާރަފް ކުރި މި ޓެކްސީތަށް ދުއްވަން ތިބޭ އަންހެން ޑްރައިވަރުންނަކީ، ތަފާތު ބަސްތަކުން ވާހަކަ ދައްކަން އިނގޭ، އަދި މަގުމައްޗަށް ފަރިތަ ބައެކެވެ. އަދި ޓެކްސީގައި ހަރުކުރެވިފައިވާ ޖީޕީއާރްއެސް ފަދަ އިލެކްޓްރޯނިކް ވަސީލަތްތަށް ފުރިހަމައަށް ބޭނުންކުރަން ދަސްކޮށްދެވިފައިވާ ބައެއްކަމަށް ސްޓޭޓް އޮފިޝަލުން މައުލޫމާތު ދެއެވެ. 

މިގޮތަށް ޓެކްސީތަށް ތައާރަފް ކުރުމުން ބެންގަލޫރުގެ ރައްޔިތުންވަނީ މިކަން ވަރަށް ބޮޑަށް ބަލައިގަނެފައެވެ. އަދި އެކަމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންގެ ގޮތުގަތި ފިރިހެނުން ތިބެ އަންހެނުންނަށް ކުރަމުން އަދި ޖިންސީ ފުރައްސާރައިން އަންހެނުން ސަލާމަތް ވާނެ ކަމަށް އެމީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު