ކޮރޯނާ ވައިރަސް ޖެހިދާނެކަމުގެ ރިސްކު އޮތްކަން ދެނެގަނެވޭ އެޕްލިކޭޝަނެއް ޗައިނާއިން ތައްޔާރުކޮށްފި

އައިމިނަތު ޔުމްނާ
ކްލޯޒް ކޮންޓެކް އެޕްލިކެޝަން ތާއާރަފްކުރުން ކްލޯޒް ކޮންޓެކް އެޕްލިކެޝަން ތާއާރަފްކުރުން

ޗައިނާ ސަރުކާރުން ކޮރޯނާވައިރަސް ފެތުރިދާނެކަމުގެ ރިސްކު އޮތް މީހުން ދެނެގަނެވޭ މޮބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްފިއެވެ. 

"ކްލޯޒް ކޮންޓެކްޓް" ޑިޓެކްޓަރގެ ނަމުގައި ތައްޔާރު ކޮށްފައިވާ މިމޮބައިލް އެޕްލިކޭޝަން ބޭނުންކުރާ ފަރާތައް އެމީހަކު ކޮރޯނާވައިރަސް ޖެހިފައިވާ ނުވަތަ ވައިރަސްއަށް ޝައްކުކުރެވޭ މީހަކާ ބައްދަލުވެފައިވާނަމަ އެކަން އަންގައިދިނުމަގެގޮތުން އެމީހަކަށް ނޯޓިފިކޭޝަނެއް ލިބެއެވެ.

މިއެޕްލިކޭޝަން ތާރަފްކުރިކަން ހާމަކޮށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ ވެބްސައިޓުގައި ނެރެފައިވާ ރިޕޯރޓުގައި މިއެޕްލިކޭޝަން ބޭނުންކުރާގޮތުގެ މާބޮޑު މައުލޫމާތެއް ހިއްސާކޮށްފައި ނުވިނަމަވެސް ، މިއެޕްލިކޭޝަން މެދުވެރިކޮށް ޗައިނާ ރައްޔިތުންނަށް އިތުބާރުހުރި ފުރިހަމަ މައުލޫމާތު ހިއްސާ ކުރުމަށް ޗައިނާގެ ސަރުކާރުގެ އެކިއެކި އޭޖެންސީތަކުން މަސައްކަތްކޮށްފައިވާކަން ވަނީފާހަަގަކޮށްފައެވެ.

ޖެނެރަލް އޮފީސް އޮފްދަ ސްޓޭޓް ކައުންސިލް ، ނޭޝަނަލް ހެލްތު ކޮމިޝަން އަދި ޗައިނާ އިލެކްޓްރޯނިކްސް ޓެކްނޮލޮޖީ ގްރޫޕް ކޯޕަރޭޝަން ގުޅުގެން ތައްޔާރުކޮށްފައިވާ މިއެޕްލިކޭޝަން ބޭނުންކުރުމަށް ކިއުއާރް ކޯޑް ސެކޭން ކުރުމަށްފަހު ބޭނުން ކުރާފަރާތުގެ ނަމާއި، ފޯން ނަންބަރު އަދި އައިޑީ ކަރޑް ނަންބަރު ޖެހުމުން އެޕްލިކޭޝަންގައި ރެޖިސްޓްރީ ވެވޭނެއެވެ.

މިއެޕްލިކޭޝަންގައި ބޭނުންކުރާ ޑޭޓާ ފޯރުކޮށްދީފައިވަނީ ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަން ، މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް،ޗައިނާ ރެއިލްވޭ އަދި ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އޮފް ޗައިނާއިންކަމަށް ރިޕޯރޓްގައިވެއެވެ.

މިއެޕްލިކޭޝަންއަކީ ޗައިނާ ސަރުކާރުން ކޮރޯނާވަރިސް ކޮންޓްރޯލް ކުރުމަށް އިތުރަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ. އަދި މި އެޕްލިކޭޝަން ބޭނުންކުރާ ފަރާތަކުން ވައިރަސްގެ ރިސްކު އޮތް ނުވަތަ ވައިރަސް ޖެހިފައިވާމީހަކާއެކު ދަތުރުކުރެވި ނުވަތަ ބައްދަލުވެފައިވާ ކަމުގެ ނޯޓިފިކޭޝަން ލިބިއްޖެނަމަ ގެއިން ބެރަށްނުގޮސް ސިއްހީ ހިދުމަތްދޭފަރާތްތަކަށް އެކަން އެންގުމަށްވަނީ އިލްތިމާސްކޮށްފައެވެ. 

ނުރައްކާތެރި ކޮރޯނާވައިރަސް މިހާރުވަނީ ޗައިނާގެ ގިނައަވަށްތަކަށް ފެތުރި ސާޅީސްހާހަށްވުރެއްގިނަ މީހުންނަށްމިވައިރަސްޖެހި 900 އަށްވުރެއްގިނަ މީހުންވަނީ މިވައިރަސްގެ ސަބަބުން މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު