ޖަޕާން ކްރޫޒް ޝިޕް ގައި އިތުރު 39 މީހަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެއްޖެ

އައިމިނަތު ޔުމްނާ
ޖަޕާނުގެ ކްރޫސް ލައިން ޑައިމަންޑް ޕްރިންސަސް ޖަޕާނުގެ ކްރޫސް ލައިން ޑައިމަންޑް ޕްރިންސަސް

ޖަޕާނުގެ ހެލްތު މިނިސްޓަރު ކަޓްސުނޯބޫ ކާޓޯ ޓޯކްޔޯގެ ރޮއިޓަރސް އަށް މިއަދު މައުލޫމާތު ދެއްވާފައިވާ ގޮތުގައި ކަރަންޓީން ކޮށްފައިވާ ޖަޕާންގެ ކްރޫޒް ލައިނަރ ޑައިމަންޑް ޕްރިންސަސްއިން އިތުރު 39 މީހަކު ކޮރޯނާ ވައިރަސްއަށް ވަނީ ޕޮޒިޓިވިވެފައެވެ. މިއަދަދާއެކު ޓެސްޓުކުރެވުނު 492 މީހުންގެތެރެއިން  އިންފެކްޝަން ޖެހިފައިވައި ޖުމްލަ 174 މީހުން ހިމެނެއެވެ. މީގެތެރޭގައި ކަރަންޓީން އޮފިސަރެއް ހިމެނޭކަމަށް ސްޓޭޓްމަންޓުގައި ކާޓޯވަނީ ވިދާޅުވެފައެވެ.

ޑައަމަންޑް ޕްރިންސަން ޖުމްލަ ދެހަފްތާއަށް ކަރަންޓީން ކުރެވިފައިވަނީ 03 ފެބްރުއަރީ 2020 ވަނަ ދުވަހު ވައިރަސް ޖެހިފައިވާމީހަކު ހޮންކޮންގ އަށް ބޭލުމަށްފަހު ދެކުނު ޓޯކިޔޯގެ ޔޯކޯހާމާގައެވެ.

މިވަގުތު 3،700 މީހުން މިކްރޫޒްލައިނަރ ގައި ތިބިކަމަށް މައުލޫމާތު ލިބެއެވެ، އާންމުގޮތެއްގައި މިކްރޫޒްލައިނަރއަކީ 1،100 ފަޅުވެރިންނާއި 2،670 ޕަސިންޖަރުންގެ ޖާގައިގެ ކްރޫޒްލައިނަރއެކެވެ.

އިތުރު ޕަސިންޖަރުންގެ ޓެސްޓުތައް މިހާރުވެސް ކުރަިއަށްދާކަމަށާއި ނަތީޖާ ލިބޭވަރަކުން މައުލޫމާތު ހިއްސާކުރާނެކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ. ކްރޫޒްލައިނަރގައި މިވަގުތު ތިބި ޕަސިންޖަރުންގެ %80 އަކީ އުމުރުން 60 އަަހަރު ނުވަތަ އެއަށްވުރެ ދޮށީ މީހުންނެވެ.

ވައިރަސްއަށް ޕޮސިޓިވްވެފައިވާ ކަރަންޓީން އޮފިސަރަކީ 03 ފެބްރުއަރީ 2020 ވަނަ ދުވަހުން ފެށިގެން ބޯޓުގެ ޕަސިންޖަރުންގެ ސިއްހީހާލަތު ދެނެގަތުމުގެ ކަަންކަމާއި ހަވާލްވެގެންހުރި އޮފިސަރެވެ. އޮފިސަރު ރައްކާތެރިވުމުގެ ގޮތުން މާސްކް އަދި އަންގިބޭނުންކުރި ކަމުގައިވިޔަސް ސޫޓްބޭނުން ނުކުރާކަމުގައި ނިކާއި ބިޒްނަސްޑެއިލީގައި ބަޔާންކޮށްފައިވެއެވެ.ހެލްތު މިނިސްޓްރީއިން މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ދީފާނުވިނަމަވެސް މި އޮފިސަރުގެ އާއިލާއަށް ގުޅުމުގެ މަސައްކަތް މިނިސްޓްރީއިން ކޮށްފައިވާކަން ފާހަގަ ކުރިއެވެ.
ޔޫކޭއަށް ނިސްބަތްވާ ޑައިމަންޑްޕްރިންސަސް ކްރޫޒްލައިނަރ އަކީ ޕްރިންސަސް ކްރޫޒަރސް އިން އޮޕަރޭޓްކުރާ ދުނިޔޭގެ އެންމެބޮޑު ކްރޫޒް ލައިނަރ ތެރޭގައި ހިމެނޭ އެއްބޯޓެވެ. 

 


ކިޔުންތެރިންގެ ހިޔާލު