ކޮރޯނާ ވައިރަހަށް “ކޮވިޑް-19”ގެ ނަމުން ނަންދީފި

އައިޝަތު ނިއުޝާ
ޗައިނަާގައި ބަޔަކު ސާރޖިކަލްމާސްކް އަޅައިގެން ޗައިނަާގައި ބަޔަކު ސާރޖިކަލްމާސްކް އަޅައިގެން
ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެތުރެންފެށީ،  ޗައިނާގެ ހުބެއި ޕްރޮވިންސްގެ ވޫހާން ސިޓީގައެވެ. ވޫހާން ސިޓީގެ ސީފުޑް މާރުކޭޓަކުން ފެނުނު މިވައިރަސް ނަމަވެސް މިވަނީ ދުނިޔޭގެ އެކި ހިސާބުތަކަށް ހަލުވިކަމާއިއެކުގައި ފެތުރިގެން ގޮސްފައެވެ. މި ވައިރަހަށް "ކޮވިޑް-19" ގެ ނަމުން ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ނަމެއްދީފައި މިވަނީ، ވައިރަސް ޖެހިގެން މަރުވިމީހުންގެ އަދަދު 1000އަށް އެރިފަހުންނެވެ.

ޑަބްލިޔުއެޗްއޯ އިން ބުނެފައިވާގޮތުގައި، ކޮރޯނާ ވައިރަހަށް ނަމެއްދިނުމުގައި ބަލާފައިވަނީ، ވަކިޤައުމަކަށް އަދި ވަކި ނަސްލަކަށް ނުވަތަ ވަކި ޖަނަވާރަކަށް ނިސްބަތް ނުވާނޭހެންނެވެ.
ތަފާތު 27 ގައުމަކަށް ކޮރޯނާވައިރަސް މިހާރު ފެތުރިފައިވާއިރު، އެ ވައިރަސް ޖެހިގެން ޗައިނާއިން ބޭރުން ދެމީހުން މަރުވެފައިވެއެވެ. ހަމަ އެހެންމެ ވައިރަސް ޖެހުނު މީހުންގެ ރަސްމީ އަދަދު މިހާރު 42،200 އަށް އަރާފައިވެއެވެ. މިއީ 2002 ވަނަ އަހަރު  ޗައިނާއިން ފެތުރުނު ސާސް ރޯގާއަށްވުރެވެސް އިތުރު އަދަދެކެވެ. 

ކިޔުންތެރިންގެ ހިޔާލު