ބްރެޒިލްގެ ކޯރަކުން މިހާތަނަށް ފެނިފައިނުވާ ވައިރަސްއެއް ސައިންސްވެރިން ހޯދައިފި

އައިމިނަތު ޔުމްނާ
ބްރެޒިލްއިން ވައިރަސް ހޯދިފައިވާ ކޯރުދައްކުވައިދޭ މެޕް. ބްރެޒިލްއިން ވައިރަސް ހޯދިފައިވާ ކޯރުދައްކުވައިދޭ މެޕް.

ބްރެޒިލްގެ ކޯރަކުން ސައިންސްވެރިންނަށް އާދަޔާ ހިލާފް މިހާތަނަށް ފެނިފައި ނުވާ ވައިރަސްއެއް ފެނި އެވައިރަސް އަށް ބްރެޒިލް ރައްޔިތުން އިހުޒަމާނުއްސުރެ ޤަބޫލްކޮށްއުޅޭ ޔާރާ ނަމަކަށް ކިއާ މަރމެއިޑެއްގެ ނަމުން ނަންދީފިއެވެ.

ބުނެވޭގޮތުގައި ޔާރާ ނަމަކަށްކިއާ މަރމެއިޑް، ހަނގުރާމަވެރިން އެމީހުންގެ އިޙްތިޔާރާނުލާ ކޯރުކައިރިއަށް ގެންގޮސް ފެނުއަޑީގައި މަރާލައެވެ. 

ދުނިޔޭގަ މިހާތަނަށް ހޯދިފައިވާ އެއްވެސް ވައިރަސްއަކާ ގުޅުމެއްނުވާތީ ސައިންސްވެރިންވަނީ މިވައިރަސްއާމެދު އަޖައިބުވެފައެވެ. ހޯދުންތަކުން ދައްކާގޮތުގައި މިވައިރަސްގެ %90 ޕަރސަންޓް ޖީންސް އަކީ މިހާތަނަށް ހޯދިފަނުވާ ތަފާތު އެއްޗެކެވެ.

މިވައިރަސް ހޯދާފައިވަނީ ބްރެޒިލްގެ ބެލޯ ހޮރިޒޯންޓެ އަވަށުގެ ލޭކް ޕަމްޕުލްހާ ނަމަކަށްކިޔާ އަރޓިފިޝަލް ކޯރަކުންނެވެ. ސައިންސްވެރިންނަށް މިވައިރަސްގެ ޑީއެންއޭ އިން ވަނީ ޖުމްލަ 74 ޖީން ހޯދިފައެވެ. މީގެ ތެރެއިން 6 ޖީންއަކީ މީގެ ކުރިން ލިޔުންތަކުގައި ބަޔާން ކޮއްފައިވާ  ޖީންކަމުގައިވެއެވެ. ދުނިޔޭގެ އެކި ސައިންޓިފިކް ޑޭޓާބޭސްގެ 8،500 ޖެނެޓިކް މެޓީރިއަލް ބެލުމުންވެސް ޔާރާ ވައިރަސްއާއި ގުޅުންހުރި އެއްވެސްއެއްޗެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.

މިވައިރަސް ފެނިފައި މިވަނީ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޗައިނާއިން 2019 ވަނައަހަރު ޑިސެމްބަރުމަހުފެނި ޗައިނާގެ އެކި ކަންކޮޅުތަކުގައި މިވައިރަސް ހަލުވިކަމާއެކު ފެތުރެމުންދަނިކޮށެވެ. ސައިންސްވެރިން މިހާރުދަނީ  ކޮވިޑް-19 އަށް  ވެކްސިން ތައްޔާރުކުރުމުގެ މަސައްކަތްކުރިއަށްގެންދަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު