ޗައިނާގެ ހުބޭގައި ކޮވިޑް-19 (ކޮރޯނާވައިރަސް) ޖެހިގެން ބުދަދުވަހު މަރުވިމީހުންގެ އަދަދު 242 އަކަށް އަރައިފި

އައިމިނަތު ޔުމްނާ
ފޮޓޯ ކްރެޑިޓް :ރޮއިޓަރސް/ތޯމަސް ޕީޓަރ ފޮޓޯ ކްރެޑިޓް :ރޮއިޓަރސް/ތޯމަސް ޕީޓަރ

ކޮވިޑް-19 (ކޮރޯނާ) ވައިރަސް ކުރިއަށް ވުރެއް ހަލުވިކަމާއެކު ޗައިނާގެ ހޫބޭ ޕްރޮވިންސް ގައި ފެތުރެމުންދާކަމަށް ރިޕޯރޓްކޮށްފިއެވެ.ބުދަދުވަހު އެކަނިވެސް ހޫބޭ ޕްރޮވިންސުން ވައިރަސް އަށް ޕޮޒިޓިވްވެފައިވާ 242 މީހުން މަރުވެފައިވާ ކަމަށާއި، 14،840 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ވެއެވެ.

ހޫބޭ ޕްރޮވިންސްގައި ބަލިފެތުރި މީހުން މަރުވެފައިވާ އަދަދަށްބެލުމަށްފަހު މިހާރު ޗައިނާއިން ކޮވިޑް-19 ޖެހިގެން 1350 މަރުވެފައިވާއިރު ގާތްގަނޑަކަށް 60،000 މީހުންވަނީ މިބައްޔަސް ޕޮޒިޓިވްވެފައެވެ. 

މިކަމާ ގުޅިގެން ޑަބްލިއު އެޗްއޯ އިން ވަނީ ޗައިނާގެ ކަމާބެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން ކޮވިޑް-19 އަށް ޕްޒިޓިވްވާ މީހުން ދެނެގަނެ ޔަގީން ކުރަމުން އަންނަގޮތާމެތު ސުވާލް ކޮށް އޮޅުންފިލުވަމުން އަންނަކަމުގައި ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު