އިންޑޮނޭޝިއާގެ އަވަށެއްގައި ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުން މަނާކޮށްފި

އައިމިނަތު ޔުމްނާ

އިސްލާމީ އާދަކާދަ އަދި އުސޫލު ނެގެހެއްޓުމަށް އިންޑޮނޭޝިއާގެ ބަންޑާ އެކާ އަވަށުގައި ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުން މަނާކޮށްފިއެވެ.

ޒުވާން ޖޯޑުތަކަށް ވަނީ މިދުވަސް ފާހަގަ ކޮށްފިނަމަ  އިސްލާމް ދީނުގެ އުސޫލާ ހިލާފް ވަނީ ކަން އަންގާ ، އަދި ހޮޓާ ރެސްޓޯރެންޓް ، މުނިފޫހި ފިލުވާ ހަރަކާތް ތައް ބާއްވާ ތަންތަނަށް ވެސް ވަނީ މިދުވަސް ފާހަގަ ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް އިންޒާރުދީފައެވެ.

މޭޔަރ އަމީނުއްﷲ އުސްމާން ވިދާޅުވިގޮތުގައި އިސްލާމީ އަގީދާގެ ޡާހިރުކަން ނެގެހެއްޓުމަށާއި ، އިސްލާމީ ޝަރީއަތު ގެ ބާރުގަދަކުރުމަށް އާންމުންނަށް އަންގަން ބޭނުންވަނީ ލޯބިވެރިން ގެ ދުވަހަކީ އިސްލާމީ ގާނޫނާ ހިލާފް ދުވަހެއް ކަމަށާއި މުސްލިމުން ފާހަގަ ކުރާދުވަހެއް ނޫން ކަމަށެވެ.

ބަންޑާ އޭކާ ސިޓީ ގެ މޭޔަރ އަމީނުއްﷲ އުސްމާން


މޭޔަރ އިތުރަށް ވިދާޅުވެފައިވަނީ ހޯމަދުވަހު މިކަން އާންމުންނަށާއި ޒުވާނުންނަށް އަންގާ މޭޔަރ ސޮއިކޮށްފައިވާ ބަޔާނެއް ނެރެފައިވާނެކަމަށެވެ. މިބަޔާނުގައި ލޯބިވެރިންގެ ދުވަހުގެ އެއްވެސް ހަރަކާތެއް ނުބޭއްވުމަށްވާނީ އިލްތިމާސް ކޮށްފައެވެ.

270،000 މީހުންގެ އާބާދީ އޮންނަ ބަންޑާ އޭކާ އަވަށަކީ ސުމާޓްރާގެ ވެރިކަން ކުރާ އަވަށެވެ. މިއަވަށަކީ އިންޑޮނޭޝިއާގެ މުސްލިމް އާބާދީ ގެ ތެރެއިން އިސްލާމީ ޝަރީއަތް ގަވާއިދުން ތަންފީޒުކުރާ ހަމައެކަނި އަވަށެވެ.

ކިޔުންތެރިންގެ ހިޔާލު