މިސްރުން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެ

އައިމިނަތު ޔުމްނާ
މިސްރުން ކޮރޯނާވައިރަސް ޖެހިފައި ވާ މީހަކު ފެނުން މިސްރުން ކޮރޯނާވައިރަސް ޖެހިފައި ވާ މީހަކު ފެނުން

ޗައިނާގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާ އެކު ފެތުރެމުން އަންނަ ، އަދި ދުނިޔޭގެ އެކި ގައުމުތަކުން ފެންނަމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު މިސްރުން ވެސް ފެނިއްޖެއެވެ.

މިސްރުގެ ހެލްތު މިނިސްޓްރީގެ ސްޕޯރކްސް ޕަރސަން ހާލެދް މުގާހެދް ނެރުއްވި ބަޔާނުގައި ބުނެފައިވާ ގޮތުގައި ހުކުރު ދުވަހު މިވައިރަސް އަށް ޝައްކު ކުރެވުނު މީހާއަކީ މިސްރު މީހެއް ނޫން ކަމަށާއި ،އެމީހާގެ ކިބައިން ބަލީގެ އަލާމާތް މާބޮޑަށް ފެންނަން ނެތްކަމަށެވެ.

ވައިރަސް ފެތުރެމުން ދާގައުމު ތަކުން އަންނަ ފަތުރުވެރިން ސްކްރީން ކުރުން މިސްރުން ވެސް އެހެން ޤައުމުތަކެކޭ އެއްފަދައިން ކުރިއަށް ގެންދާ ކަމަށާއި މިމީހާ ވެސް ބައްޔަށް ޝައްކު ކުރެވިގެން ސަރުކާރުން ވަނީ މިކަން ކަށަވަރުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިކަމުގައި ރިޕޯރޓް ލިބެއެވެ.

މިނިސްޓްރީ ސްޓޭޓްމަންޓުގައި އިތުރަށް ބަޔާން ކޯށްފައިވާ ގޮތުގައި އެމީހާ މިހާރުވަނީ ހޮސްޕިޓަލުގައި އެކަހެރި ކުރެވިފަ އެވެ. އަދި އެމީހާއާއި ބެހޭ އިތުރު މައުލޫމާތެއް އަދި ހާމަކޮށްފަ އެއް ނުވެއެވެ.

މިއީ އެފްރިކާ ބައްރުގެ ޤައުމަކުން ކޮރޯނާ ވައިރަސްއަށް މީހަކު ޕޮޒިޓިވް ވީ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު