ވެކްސިން ޓެސްޓުކުރަން ކޮރޯނާވައިރަސް ހަށިގަނޑަށް ފޮނުވާލުމަށް ވޮލެންޓިއަރ ކުރާ މީހުންނަށް 3500 ޕައުންޑު

އައިމިނަތު ޔުމްނާ
ލަންޑަންގެ ދަ ކުއީން މޭރީ ބަޔޯ އެންޓަރޕްރައިޒަރސް އިނޮވޭޝަން ސެންޓަރު ލަންޑަންގެ ދަ ކުއީން މޭރީ ބަޔޯ އެންޓަރޕްރައިޒަރސް އިނޮވޭޝަން ސެންޓަރު

ލަންޑަންގެ ކުއީންމޭރީ ބަޔޯ އެންޓަރޕްރައިޒަރސް އިނޮވޭޝަން ސެންޓަރުން ކޮރޯނާވައިރަސްގެ ފަރުވާއެއްގެ ދިރާސާއެއްކުރުމަށް 24 ވޮލެންޓިއަރުން ބޭނުންވެއްޖެއެވެ.

މިދިރާސާގައި ބައިވެރިވާ ވޮލެންޓިއަރުންނަށް އިނާޔަތެއްގެ ގޮތުގައި 3500 ޕައުންޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ދިވެހި ފައިސާއިންނަމަ ގާތްގަނޑަކަށް 71،121 ވަރަކަށް ރުފިޔާއެވެ. 

މިވޮލެންޓިއަރުންގެ ހަށިގަނޑަށް ކޮވިޑް-19 ޖައްސާވައިރަަސްގެ ބަލިކަށި 2 ވައިރަސްއެއް ފޮނުވާލެވޭނެއެވެ. އޭގެ ސަބަބުން ކޮވިޑް-19 އިން މެދުވެރިވާ ނޭވާލާ ނިޒާމުގެ އަލާމާތްތައް ވޮލެންޓިއަރުންގެ ހަށިގަނޑުން ފެނިގެންދާނެއެވެ.

އެއަށްފަހު އެމީހުންގެ ގަޔަށް އެޗްވީވޯ ކުންފުނިން ތައްޔާރު ކޮށްފައިވާ ވެކްސިންއެއް ޖެހުމަށްފަހު އެ ވެކްސިން ކާމިޔާބުކަމާއެކު މަސައްކަތް ކުރޭތޯ ބެލުމަށް 2 ހަފްތާގެ ކަރަންޓީން މަރުހަލާއެއްގައި ބޭތިއްބޭނެކަމަށް މައުލޫމާތު ލިބެއެވެ.

ކޮރޯނާވައިރަސް އަށް ފަރުވާ އެއް ހޯދުމަށް 35 ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ޔޫކޭސަރުކާރުން އިތުރު 46 މިލިއަން ޕައުންޑު މިވައިރަސް އާއި ދެކޮޅަށް ހަނގުރާމަކުރުމަށް ހޭދަކުރަން ނިންމާފަވާކަމަށް ވެއެވެ.

ކޮރޯނާ ވައިރަސް އަކީ މިހާތަނަށް ދުނިޔޭގެ 3،800 ވަރަކަށް މީހުންގެ ފުރާނަ އެވައިރަސްއެއްގެ ސަބަބުން ގެއްލިފައިވާ ބާރުގަދަ ވައިރަސްއެކެވެ. 

 


ކިޔުންތެރިންގެ ހިޔާލު