ޔޫކޭގަ އުފަންވީ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައިމިނަތު ޔުމްނާ

ޔޫކޭގައި އުފަންވީ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ކުއްޖާގެ މަންމަގެ ގައިން ކޮރޯނާވައިރަސް އަށް ޝައްކުވާ އަލާމާތްތައް ފެނިގެން ވަނީ ހޮސްޕިޓަލަށް ގެނދެވިފައެވެ.

ކުއްޖާގެ މަންމަ ވައިރަސްއަށް ޓެސްޓު ކުރެވުނީ ނޯތް މިޑްލްސެކްސް ހޮސްޕުޓަލުގައެވެ. މަންމަ ޕޮޒިޓިވް ކަން އެނގިފައިވަނީ ދަރިފުޅު ވިހޭފަހުންނެވެ. އެހެންކަމުން އެކުއްޖާ ދުނިޔެއަށް އައިތާ މާގިނަ ވަގުތެއްނުވެ އެތުއްތު ކުއްޖާ ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރެވި ނަތީޖާ ޕޮޒިޓިވް ވެފައެވެ.

ސިއްހީ ހިދުމަތްތެރިން މިހާރު މަސައްކަތް ކުރަމުން ދަނީ އެކުއްޖާ ވައިރަސްއަށް ހުށައެޅިފައިވަނީ ބަނޑުގައި އޮތްއިރުތޯ ނުވަތަ ވިހެއުމުގެ ތެރޭގައިތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ.

އެކުއްޖާއަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންއަންނައިރު އެކުއްޖާގެ މަންމަ ވަނީ އިންފެކްޝަންތަކަށް ހާއްސަ ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ. އަދި މިދެމައިންނަށް ފަރުވާދިނުމުގައި މަސައްކަތް ކުރި ޑޮކްޓަރުންނާއި ނަރުހުން ވަނީ އެކަހެރު ކޮށް ޓެސްޓުކުރުމުގެ މަސައްކަތް ފަށާފައެވެ. 

ޔޫކޭގައި މިހާތަނަށް 798 މީހަކަށް ވައިރަސް ޖެހިފައިވާ އިރު 11 މީހުންވަނީ މިވައިރަސްގެ ސަބަބުން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު