ޔޫ.ކޭ ލޮކްޑައުންގެ ފުރަތަމަ ދުވަސް – މަގުތައް އޮތީ ހުސްކޮށް

ޙަދީޖާ އަލީ
ވިންޑްސަރގެ މަގެއް މަތި އަމާންވެފައެވެ. ވިންޑްސަރގެ މަގެއް މަތި އަމާންވެފައެވެ.

އިނގިރޭސިވިލާތުގައި ރެސްޓޯރެންޓްތަކާއި، ބާރތަކާއި، ސިނަމާތަކާއި ޖިމްތަކުގެ އިތުރުން މުނިފޫހި ފިލުވުމަށް މީހުންއެއްވާ ހުރިހާތަނެއް ބަންދުކޮށްފައިވުމުން މިއަދު ހެދުނުވީއިރު އެޤައުމުގެ ހުރިހާ މަގުތަކެއްވަނީ އަމާންވެފައެވެ. ކުރިން ބައިބޯކޮށް އޮތްމައިދާންތައް އެއްކޮށްވަނީ ފަޅުވެފައެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ.

މިދިޔަ ހޯމަ ދުވަހުންފެށިގެން ސަރުކާރުންވަނީ ފަރުދީ ޒިންމާނަގައިގެން އެންމެން ގޭގައި ތިބުމަށް އަންގާފައެވެ. މި އެންގުން އިތުރަށް ހަރުކަށިކުރުމަށް ބައެއް ވިޔަފާރިކުރާ ތަންތަން ބަންދުކުރީ 14 ދުވަހުގެ މުހުލަތަށެވެ. ބޮޑުވަޒީރު ވިދާޅުވީ 14 ދުވަސް ނިމުމުން، އެކަމަށް ޙާލަތު ތަންދޭނަމަ ވީ އެންމެ އަވަހަކަށް އެ ތަންނަން ހުޅުވޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މި އެންގުމުގެ ދަށުން ސުޕަރމާކެޓްތައް ބަންދެއް ނުކުރެއެވެ. އެހެންކަމުން އިރު އަރައިގެން އައި އިރު ސުޕަރމާކެޓްތަކުގެ ބޭރުގައި މީހުންވަނީ ކިއު ހަދާފައެވެ. ކެއިން ބުއިމާއި ޒަރޫރީ ބޭނުންތަކަށް ހޯދަންވާ ސާމާނު ގަތުމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ، މިއީ ހަރުކަށި ފިޔަވަޅެއްކަން ޤަބޫލު ކުރައްވާ ކަމަށާއި ނަމަވެސް މިއީ ރައްޔިތުންގެ ރައްކާތެރިކަމަށް އެޅިފިޔަވަޅެއްކަމަށެވެ. އަދި މި ނިންމުން ކޮންމެ މަހަކަ އެއްފަހަރު މުރާޖަޢާ ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. އިނގިރޭސިވިލާތުގައި 3983 މީހަކަށް މިބަލި ޖެހި 177 މީހަކުވަނީ މަރުވެފައެވެ. އަދި ސީރިއަސް ޙާލަތުގައި 20 މީހަކު އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު