އިންޑިއާގައި 14 ގަޑިއިރުގެ ކަރފިއު އެއް އިއުލާންކޮށްފި

އައިމިނަތު ޔުމްނާ
އިންޑިއާގެ ކަރފިއު އިންޑިއާގެ ކަރފިއު

ކޮވިޑް-19 ފެތުރުމާ ދެކޮޅަށް، އިންޑިއާގެ އެއް ބިލިއަނަށްވުރެ ގިނަ މީހުނަށް ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް އެ ގައުމުގައި ވެސް މިއަދު ކާފިއު ހިންގައިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު  ނަރެންދުރަ މޯދީ ވަނީ ކޮވިޑް-19 އާއި ދެކޮޅަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކަށް މަސައްކަތް ކުރެވޭ މިންވަރު ދެނެގަތުމުގެ ގޮތުން ސާދަ ގަޑިއިރުގެ ކާފިއުއެއް ހިންގާނެކަމަށް އެމަނިކުފާނު ވަނީ މިދިޔަހަފްތާގައި ވިދާޅުވެފަ އެވެ.

ކާފިއު އިއުލާނު ކޮށްފައި ވަނީ އިންޑިއާ ގަޑިން މިއަދު ހެނދުނު 7:00 އިން ރޭގަނޑު 9:00 ގެ ނިޔަލަށެވެ. މިގަޑިތަކުގައި އެންމެން ގޭގައި ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އިންޑިއާގައި ކާބޯތަކެއްޗާއި ބޭސް ފިހާރަތައް ނޫނީ ގިނަ ވިޔަފާރިތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

މިހާތަނަށް އިންޑިއާގެ 315 މީހަކު ކޮވިޑް-19 އަށް ޕޮސިޓިވް ވުމުން، ކާފިއުއާއެކު އިންޑިއާގެ ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް އައިސްފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ވަނީބުނެ ފައެވެ. ވައިރަސް ފެނިފައިވާ 75 އަވަށެއްވަނީ ބަންދުކުރެވިފައެވެ. 

ކޮވިޑް-19 އާއި ގުޅިގެން ބަންދު ކުރެވުނު އިންޑިއާގެ ސްޕޯރޓްސް އޮތޯރިޓީ ސެންޓަރުތައް ވަނީ ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރުމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު