އިނގިރޭސިވިލާތުން 18 އަހަރުގެ ކުއްޖަކު ކޮވިޑް-19 ޖެހިގެން މަރުވެއްޖެ

ޙަދީޖާ އަލީ
އިނގިރޭސިވިލާތުގެ ބަޔަކު އަތިރިމަތީގެ މަގެއްގައި އިނގިރޭސިވިލާތުގެ ބަޔަކު އަތިރިމަތީގެ މަގެއްގައި

އިނގިރޭސި ވިލާތުގައި ވެސް ކޮވިޑް-19 ވަރަށް ހަލުވި ކަމާއި އެކު ފެތުރި 5683 މީހުނަށް ޖެހި 281 މީހަކު މަރުވި އިރު، މި ގައުމުން މިބަލީގައި މަރުވި އެންމެ ހަގު ކުއްޖަކީ 18 އަހަރުގެ ކުއްޖެކެވެ. މިއީ ކުރިންވެސް އެހެން ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަ ކުއްޖެކެވެ.

ގޭގައި ތިބުމަށް އެންގި ނަމަވެސް އަދި ވެސް ޕާކުތަކާއި ގޮނޑުދޮށްތަކުން ގިނަ އަދަދެއްގެ މީހުން ފެނެއެވެ. އިއްޔެ އެ ގައުމުގައި ފާހަގަ ކުރި "މަންމައިންގެ ދުވަސް" ވެސް ގެތަކުގައި ތިބެގެން ސްކައިޕް މެދުވެރިކޮށް ފާހަގަ ކުރުމަށް ބޮޑުވަޒީރު ވަނީ އަންގާފައެވެ. އަދި ސަރުކާރުންމިގޮތަށް އަންގާ އެންގުންތަކަށް ޢަމަލު ނުކުރާނަމަ ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށް ވެސް ހާމަކުރިއެވެ. ބޮޑު ވަޒީރު އިތުރަށް ހާމަކުރި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު މީހުން ބޭރަށް ނިކުމެ އުޅުން މަދުނުވާ ނަމަ، އިޓަލީގައި ހެދިގޮތަށް "ޓޯޓަލް ލޮކްޑައުން" އަކަށް ދާން ޖެހިދާނެއެވެ.

ބޮޑުވަޒީރުގެ ވާހަކައިގައި ވަނީ، އިނގިރޭސި ވިލާތުގެ މީހުން އަމިއްލަ އަށް ބަންދުވެގެން ނުޅޭނަމަ އިޓަލީއާއި އެއް އަދަދަކަށް މީހުން މަރުވުމަށް ގިނަ ހަފްތާތަކެއް ނުނަގާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. ނަމަވެސް އިންގެލެންޑްގެ ޗީފް މެޑިކަލް އޮފިސަރ ޑރ. ޖެނީ ހެރީސް ވަނީ އިޓަލީއާ އިނގިރޭސި ވިލާތް އަޅާކިޔުން އެހާ ރަގަޅު ނޫންކަމަށް ބުނެފައެވެ.

އިޓަލީއިން 59،138 މީހަކަށް މިބަލި ޖެހި 5476 މީހަކު ވަނީ މަރުވެފައެވެ. މިވަގުތައް އެކްޓިވް ކޭސްތައް އެންމެ ގިނައީ ވެސް އިޓަލީގައެވެ.

ކިޔުންތެރިންގެ ހިޔާލު