ލަންކާގައި 6 ގަޑި އިރަށް ކާފިއު އުވާލުމުން ސުޕަރމާކެޓްތަކުގައި ދިގު ކިއު ތަކެއް

ޙަދީޖާ އަލީ
މިއަދު ހެދުނު ސުޕަރމާކެޓެއް ކާރީގައި ކިއުޖެހިގެން ތިބި ދިވެހި އަންހެނުންތަކެއް މިއަދު ހެދުނު ސުޕަރމާކެޓެއް ކާރީގައި ކިއުޖެހިގެން ތިބި ދިވެހި އަންހެނުންތަކެއް

އަވަށްޓެރި ސްރީލަންކާގައި އިޢުލާންކޮށްފައިވާ ބޭރަށް ނިކުތުން މަނާ ކުރުމުގެ އަމުރު، މިއަދު ހެދުނު 6.00 އިން ފެށިގެން 12:00 އާއި ހަމައަށް އުވާލުމުން މީހުން އެންމެ ގިނަ ވަގުތު ހޭދަ ކުރަންޖެހުނީ ޒަރޫރީ ސާމާނު ގަތުމަށް ސުޕަރމާކެޓްތަކުގެ ބޭރުގައި ހެދިފައިވާ ދިގު ކިއުތަކުގައެވެ.

ރާއްޖޭންބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިވެގެން އުޅޭ ސްރީލަންކާގެ ކޮލޮމްބޯ ޑިސްޓްރިކްޓްގެ އެކި ފިހާރަތަކުގެ ބޭރުގައިވާ ކިއުތަކުގައި ވަރަށް ގިނަ ދިވެހިންވެސް ތިއްބެވެ. މިގޮތަށް ސުޕަރމާކެޓް ކިއުއެއްގައި ހުރި ދިވެހި އަންހެނަކު ޖަޒީރާއަށް މައުލޫމާތު ދެމުންބުނީ، "މިއީ ވަރަށް އާ ތަޖުރިބާ އެއް. އަވީގައި މިހާ ގިނަ އިރު ދުވަހަކުވެސް ނުހުންނަން. ދެން ކާފިއު އުވާލާ ދުވަހު އަންނާނީ ކުޑަ އަކާ އިށީންނާނެ ގޮނޑިއެއް ހިފައިގެން". މިހެނެވެ.

މިއަދު 12.00 އިން އަނެއްކާވެސް ކާފިއު އިޢްލާން ކުރާނެކަމަށް ކުރިން ބުނި ނަމަވެސް، ފަހުން ވަނީ އެގަޑި މެންދުރު ފަހު 14.00 އާއި ހަމައަށް އިތުރުކޮށްފައެވެ. ނަމަވެސް އެވަގުތަކު ކިއުގައި ތިބި ބަޔަކަށް ވިޔަފާރި ކުރެވޭނެ ފުރުސަތު ފުލުހުން ފަހިކޮށްދިނެވެ. ބައެއް މީހުނަށް ގެއަށް ދެވުނު އިރު 4 ޖަހައިފިއެވެ. މިއަދު 6 ގަޑިއިރު އަވީގައި ކޮޅަށް ތިބި ދިވެހިންވެސް ވަރަށް ގިނައެވެ.

ގިނަ ވަގުތު ކާފިއު އޮތުމަށްފަހު މިހާ ކުޑަ ވަގުތުކޮޅެއް ދިނުމުން މީހުން އެއްޗެހި ގުދަން ކުރުމަށް ގަނެފާނެކަމަށް ބަލާ އެކަން ވަނީ ކޮންޓްރޯލް ކޮށްފައެވެ. ކީލްސް ސުޕަރމާކެޓް ތަކުގައި އެތެރޭގައި ތިބެވެނީ ފަހަރަކު 15 މީހުނަށެވެ. ދެން ނިކުންނަ ކޮންމެ މީހަކަށް މީހަކު އެތެރެއަށް ވެއްދުމަށް ފުލުހަކު ހުއްޓެވެ. ކޮންމެ މީހަކަށްވެސް ގަނެވެނީ ގަންނަ ބާވަތަކުން 3 އެތި ނުވަތަ ކިރައިގެން ވިއްކާ އެއްޗެއް ނަމަ 3 ކިލޯއެވެ. 

ކިޔުންތެރިންގެ ހިޔާލު