މެކްސިކޯގައި ނޫސްވެރިޔަކަށް ހަމަލާދީ މަރާލައިފި

ޕައުލޯ މޮރުގަރޭސް - އޭނާ މަރާލާފައިވަނީ ރޭގަނޑުގެ ދަންވަރުގެ ވަގުތު ރެސްޓޯރަންޓެއްގައި ޕައުލޯ މޮރުގަރޭސް - އޭނާ މަރާލާފައިވަނީ ރޭގަނޑުގެ ދަންވަރުގެ ވަގުތު ރެސްޓޯރަންޓެއްގައި

މެކްސިކޯގެ ނޫސްވެރިޔެއް ކަމަށްވާ ޕައުލޯ މޮރުގަރޭސްއަށް ހަމަލާދީ މަރާލައިފިއެވެ. 

އޭނާ މަރާލާފައިވަނީ އިގުއާލާ ސިޓީގެ ރެސްޓޯރެންޓެއްގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދަނިކޮށް އެ ރެސްޓޯރަންޓަށް ގަދަކަމުން ވަދެގަތް ހަތިޔާރު އެޅި ބަޔެކެވެ. އޭނާއަށް 2016 ވަނަ އަހަރު ވެސް މިފަދަ ހަމަލާއެއް ދިނުމަށް މަސައްކަތްކުރިއިރު އޭގެ ފަހުން އޭނާއަށް ހަށިފާރަވެރިޔަކު ހަމަޖައްސާފައިވެއެވެ. މިފަހަރުގެ ހަމަލާގައި އޭނަގެ ހަށިފާރަވެރިޔާ ވެސް ވަނީ މަރުވެފައެވެ. 

އޭނާއަކީ ސެންޓްރަލް ގުރޭރޯ ސްޓޭޓްގައި ހިންގަމުން އަންނަ އޮންލައިން ނޫހެއް ކަމަށްވާ 'ޕީއެމް ނޯޓިސިއާސް' ގެ އެޑިޓަރެވެ. ސެންްޓްރަލް ގުރޭރޯ ސްޓޭޓަކީ މެކްސިކޯގެ އެންމެ ހަމަނުޖެހުން ބޮޑު އެއް ސްޓޭޓެވެ. 

އޭނާ މަރާލާފައިވާ ސަބަބު މިހާތަނަށް ހޯދިފައި ނުވި ނަމަވެސް ރިޕޯޓްތައް ބުނާގޮތުން މިއީ ހަތިޔާރު އެޅި ކާޓެލްއަކާ ގުޅުމެއް އޮތް މައްސަލައެކެވެ. މީގެކުރިން ވެސް އެކި ކާޓެލްތަކުން ވަނީ މެކްސިކޯގެ ނޫސްވެރިންނަށް މަރުގެ ހަމަލާ ދީފައެވެ. މެކްސިކަން އެސޯސިއޭޝަން އޮފް ޑިސްޕްލޭސްޑް އެންޑް އެޓޭކްޑް ޖާނަލިސްޓްސްއިން ބުނެފައިވަނީ ޕައުލޯއަށް މީގެ ދެ މަސް ދުވަސް ކުރިން މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ. 

މިއީ މިއަހަރުގެ މިހާތަނަށް މެކްސިކޯގައި މަރާލެވުނު ހަތަރު ވަނަ ނޫސްވެރިޔާ ކަމަށް ރިޕޯޓަރސް ވިތައުޓް ބޯޑާސް އިން ވަނީ ބުނެފައެވެ. އަދި މިއަދަދު ހަތަކަށް އަރާނެ ކަމަށް ފެޑެރޭޝަން އޮފް ލެޓިން އެމެރިކަން ޖާނަލިސްޓްސްއިން ވަނީ ބުނެފައެވެ. 


ކިޔުންތެރިންގެ ހިޔާލު