އިންޑިއާގައި ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު 3 މިލިއަނަށް

އިންޑިއާގެ ސްޓޭޓެއްގައި ފިނިހޫނުމިން ޗެކް ކުރުން ކުރިޔަށް ދަނީ އިންޑިއާގެ ސްޓޭޓެއްގައި ފިނިހޫނުމިން ޗެކް ކުރުން ކުރިޔަށް ދަނީ

އިންޑިއާއިން ކޮވިޑް 19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 3 މިލިއަނަށްވުރެ އިތުރުވެއްޖެއެވެ. 

އެގައުމުގެ ހެލްތު މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 70،000 މީހުންނަށްވުރެ ގިނަ މީހުންނަށް މި ބަލި ވަނީ ޖެހިފައެވެ. މިއާއެކު ޖުމްލަ 3،044،940 މީހުންނަށް އިންޑިއާގައި ވަނީ މި ބަލި ޖެހިފައެވެ. ކޮވިޑް 19 ގައި އިންޑިއާއިން 56،706 މީހުން ވަނީ މަރުވެފައެވެ. 

އިންޑިއާއިން ޕޮސިޓިވްވި މީހުންގެ އަދަދު ތިން މިލިއަނަށްވުރެ އިތުރު މިވީ 2 މިލިއަން ފަހަނައަޅައި ދިޔަތާ 16 ދުވަސް ވެސް ނުވަނީހެވެ. 

އިންޑިއާއިން އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައިވަނީ މަހާރަޝްތުރާ ސްޓޭޓުންނެވެ. ފާއިތުވެދިޔަ 18 ދުވަހު ވެސް އެއްގައުމަކުން އެންމެ ގިނަ މީހުން އެއް ދުވަހެއްގެ މައްޗަށް ޕޮސިޓިވް ވެފައިވަނީ އިންޑިއާއިންނެވެ. އެގޮތުން މިދިޔަ 18 ދުވަހު ވެސް އިންޑިއާއިން ޕޮސިޓިވްވި މީހުންގެ އަދަދު އުޅެނީ 50،000 އަށްވުރެ މަތީގައެވެ. 

މުޅި ދުނިޔެއިން ވެސް ތިންވަނައަށް އެންމެ ގިނަ މީހުން ކޮވިޑް 19 އަށް ޕޮސިޓިވް ވެފައިވަނީ އިންޑިއާއިންނެވެ. 

ކިޔުންތެރިންގެ ހިޔާލު