އިސްރާއިިލާއެކު ބަހްރައިން އަދި ޔޫއޭއީއިން ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ބަހްރައިން އަދި ޔޫއޭއީގެ ފޮރިން މިނިސްޓަރުންނާއެކު އެމެރިކާގެ ރައީސް އަދި އިސްރާއީލްގެ ބޮޑުވަޒީރު ބަހްރައިން އަދި ޔޫއޭއީގެ ފޮރިން މިނިސްޓަރުންނާއެކު އެމެރިކާގެ ރައީސް އަދި އިސްރާއީލްގެ ބޮޑުވަޒީރު

އިސްރާއީލާއެކު ގުޅުން ގާއިމްކުރުމުގެ އެއްބަސްވުމުގައި ބަހްރައިނާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ސޮއިކޮށްފިއެވެ. 

އެމެރިކާއިން މެދުވެރިޔެއްގެ ރޯލް އަދާކުރި މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ވައިޓް ހައުސްގައެވެ. މި ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބައިވެރިވެވަޑައިގަތެވެ. އިސްރާއީލްގެ ފަރާތުން އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި އެއްބަސްވުންތަކުގައި ސޮއިކުރެއްވިއިރު ބަހްރައިންގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރު އަބްދުﷲތިފް އަލް ޒަޔާނީއެވެ. އަދި ޔޫއޭއީގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރު ޝެއިޖް އަބްދުﷲ ބިން ޒައިދް އަލް ނަހްޔާންއެވެ. 

މި އެއްބަސްވުންތަކުގައި އަރަބި ދުނިޔޭގެ މި ދެ ގައުމުން ސޮއިކޮށްފައިވަނީ ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުން އަންނަ ހަމަނުޖެހުންތަކަށް ސުލްހަ ހޯދިފައި ނުވަނީހެވެ. ފަލަސްތީނުން ވަނީ މި އިސްރާއީލާއެކު ގުޅުން ބަދަހިކުރަން މި ދެގައުމުން ނިންމި ނިންމުން ކުށްވެރިކޮށްފައެވެ. 

މި ދެގައުމު ވެގެންގޮސްފައިވަނީ 1979 ވަނަ އަހަރު މިސްރާއި 1994 ވަނަ އަހަރު ޖޯޑަންއިން އިސްރާއީލާއެކު ގުޅުން ބަދަހި ކުރި ފަހުން އެގައުމާއެކު ގުޅުން ބަދަހިކުރި އަރަބި ކަރަށް ނިސްބަތްވާ ފުރަތަމަ ގައުމުތަކަށެވެ. 

ފަލަސްތީނުގެ ރައްޔިތުން ދެކޭ ގޮތުގައި މި އެއްބަސްވުންތަކަކީ އިސްރާއީލުން ވެރިވެފައިވާ ފަލަސްތީނުގެ ބިންތަކުން އިސްރާއީލް ބާލައި ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް އެގައުމުން ކުރަމުންދާ މަސައްކަތްތަކަށް އަރަބި ގައުމުތަކުން އެއްބާރުލުން ނުދޭކަން ހާމަވެގެންދާ ކަމެކެވެ. މިކަމާއި ގުޅިގެން ފަލަސްތީނުގައި އަންނަނީ މުޒާހަރާކުރަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު