ރޭޕްކުރާ މީހުންނަށް ބަންގްލަދޭޝްގައި މަރުގެ ހުކުމް ދޭން ތައްޔާރުވަނީ

ރޭޕްކުރުމާއި ދެކޮޅަށް ބަންގްލަދޭޝްގައި ބޭއްވި އެއްވުމެއްގެ ތެރެއިން ރޭޕްކުރުމާއި ދެކޮޅަށް ބަންގްލަދޭޝްގައި ބޭއްވި އެއްވުމެއްގެ ތެރެއިން

ރޭޕްކުރާ މީހުންނަށް ބަންގްލަދޭޝްގައި މަރުގެ ހުކުމް ދިނުމަށް އެގައުމުގެ ސަރުކާރުން މަސައްކަތް ފަށައިފިއެވެ. ހޮނިހިރު ދުވަހު ބަންގްލަދޭޝްގެ މަގުތަކުގައި ވަނީ ރޭޕް ކުރުމާއި ޖިންސީ އަނިޔާއާ ދެކޮޅަށް އެތައް ހާސް ބަޔަކު ނުކުމެ އަޑުއުފުލާފައެވެ. 

މިދިޔަ އަހަރުގެ ތެރޭގައި މިފަދަ މައްސަލަތައް އިތުރުވެފައިވާއިރު މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމަޔަށް ވަނީ ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ 1000 މައްސަލަ ރިޕޯޓްކޮށްފައެވެ. މިކަމާއި ދެކޮޅަށް އަޑުއުފުލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެގައުމުގެ ކިޔަވާ ކުދިންނެވެ. މި މުޒާހަރާތަކާއި ގުޅިގެން ރޭޕްކުރާ މީހުންނަށް މަރުގަ އަދަބު ދިނުމަށް އެގައުމުގެ ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން ހޯމަ ދުވަހު ކެބިނެޓަށް މި މައްސަލަ ހުށަހަޅަން ވަނީ ނިންމާފައެވެ. 

އެގައުމުގެ ލޯ މިނިސްޓަރ ވިދާޅުވީ ބޮޑުވަޒީރު ޝެއިހް ހަސީނާގެ އޯޑަރަށް މަރުގެ ހުކުމް ދިނުމާއި ގުޅޭ ޕްރޮޕޯސަލްއެއް ތައްޔާރުކުރަމުންދާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ކުށް ސާބިތުވާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ސިޔާސީ ގޮތުން ބާރުގަދަ ފަރާތްތަކެއް ތިބި ނަމަވެސް އެފަދަ ކުށްކުރާ ފަރާތްތަކަށް ހިމާޔަތް ނުދީ އަދަބު ދޭނެ ކަމަށް ވެސް ވިދާޅުވިއެވެ. 

ބަންގްލަދޭޝްގައި ރިޕޯޓްކުރާ ރޭޕްތަކަށްވުރެ ރިޕޯޓްނުކޮށް ދާ ރޭޕްތައް ގިނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މައްސަލަ ހުށަހެޅި ނަމަވެސް މިފަދަ މައްސަލަތަކުގައި ކުށް ސާބިތުކުރަން ބަންގްލަދޭޝްގައި އެތައް އަހަރެއް ނަގައެވެ. 


ކިޔުންތެރިންގެ ހިޔާލު