ފްރާންސްގައި މުސްލިމުންނަށް ދެވޭ ހަމަލާތައް އިތުރުވެއްޖެ

ބުރުގާއެޅި 2 މުސްލިމް އަންހެނަކަށް ޕެރިސް ޓްވިން ޓަވަރ ސަރަހައްދުން ވަޅިން ހަމަލާދިން މައްސަލައެއްގައި ފްރާންސްގެ 2 އަންހެނަކު މިއަދު ހައްޔަރުކޮށްފައިވޭ ބުރުގާއެޅި 2 މުސްލިމް އަންހެނަކަށް ޕެރިސް ޓްވިން ޓަވަރ ސަރަހައްދުން ވަޅިން ހަމަލާދިން މައްސަލައެއްގައި ފްރާންސްގެ 2 އަންހެނަކު މިއަދު ހައްޔަރުކޮށްފައިވޭ

ފްރާންސްގައި ޓީޗަރަކު މަރާލި ހާދިސާއަށްފަހު މުސްލިމުންނަށް ހާއްސަކޮށްގެން ދެވޭ ހަމަލާތައް އިތުރުވެދާނެކަމުގެ ބިރު ހީވެފައިވާކަމަށް އެ ގައުމުގައި މަސައްކަތްކުރާ މުސްލިމް ޖަމާއަތްތަކުން ބުނެފިއެވެ. 

ޓީޗަރު މަރާލީ އަވުރަ ނިވާނުކޮށްހުރި ކާޓޫނެއް ދައްކައި އެއީ "މުސްލިމުންގެ ރަސޫލާ" މިހެން ދަރިވަރުންގެ ގާތުގައި ބުނިކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކާއި ގުޅިގެންނެވެ. މިގޮތުން، އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަހުގެ ކުރީކޮޅު ހިނގާދިޔަ މި ހާދިސާގައި ޓީޗަރު ދައްކާފައިވަނީ ކުރިން ޗާލީ ހެބްޑޯ މެގަޒިންއިންވެސް ޝާއިއުކުރި ކާޓޫންތަކެވެ. އެ ފަހަރު މި ކާޓޫންތައް ކުރެހުމުން އެ މެގަޒިން ހިންގާ ބިލްޑިންއަށް ހަތިޔާރުއެޅި ދެ މީހަކު ހަމަލާވެސް ދީފައިވެއެވެ.

18 އަހަރުގެ މުސްލިމް ޒުވާނަކު ޓީޗަރު މަރާލުމާއި ގުޅިގެން އެ ގައުމުގައި މުސްލިމުންނަށްވަނީ ނުރުހުން ކުރިމަތިވެފައެވެ. އެ ގައުމުގައި މަސައްކަތްކުރާ މުސްލިމް ޖަމާއަތްތަކުން ބުނެފައިވަނީ، އެންމެ މުސްލިމެއްގެ އަމަލުތަކުގެ ސަބަބުން އެ ގައުމުގެ ހުރިހާ މުސްލިމުންނަށްވެސް ހުތުރު ނަމެއްލިބިފައިވާ ކަމަށެވެ. މިއާއެކު، މުސްލިމުންނާއި ދެކޮޅަށް ދެވޭ ހަމަލާތައްވެސް އިތުރުވެފައިވެއެވެ. 

މިގޮތުން، ބުރުގާއެޅި 2 މުސްލިމް އަންހެނަކަށް ޕެރިސް ޓްވިން ޓަވަރ ސަރަހައްދުން ވަޅިން ހަމަލާދިން މައްސަލައެއްގައި ފްރާންސްގެ 2 އަންހެނަކު މިއަދު ހައްޔަރުކޮށްފައިވެއެވެ. މި ހަމަލާތަކުގައި އަނިޔާވެފައިވަނީ 19 އަހަރުގެ އަންހެނަކަށާއި 40 އަހަރުގެ އަންހެނަކަށެވެ. 40 އަހަރުގެ އަންހެން މީހާގެ ގަޔަށް ހަ ތަނަކަށް ވަޅި ހަރާފައިވާއިރު، އޭނާއަށް މިހާރުދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. 19 އަހަރުގެ އަންހެން މީހާގެ ގަޔަށް ވަޅި ހަރާފައިވަނީ ތިން ތަނަކަށެވެ. އޭނާއަށްވަނީ ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ޔޫރަޕްގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ގަބޫލުކުރާ ގޮތުގައި، ޓީޗަރަށް ދެވިފައިވާ ހަމަލާގެ ސަބަބުން މުސްލިމުންނަށް އަމާޒުކޮށްގެން ފްރާންސްގެ ސަރުކާރުން ހިންގާ ގާނޫނާ ހިލާފު އަމަލުތައް އިތުރުވެގެންދާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު