ސުދާން އިން އިސްރާއީލްއާ ގުޅުން ބަދަހިކުރަން ތައްޔާރު: ޓްރަމްޕް

މުޙައްމަދު އަފްޒަލް
ސުދާން ވެގެންދާނީ ފާއިތުވި 2 މަހެއްހާ ދުވަސް ތެރޭގައި އިސްރާއީލްއާއި ގުޅުން ބަދަހިކުރާ 3 ވަނަ އަރަބި ގައުމަށް ސުދާން ވެގެންދާނީ ފާއިތުވި 2 މަހެއްހާ ދުވަސް ތެރޭގައި އިސްރާއީލްއާއި ގުޅުން ބަދަހިކުރާ 3 ވަނަ އަރަބި ގައުމަށް

ސުދާން އާއި އިސްރާއީލްއާ ދެމެދު ރަސްމީ ގޮތުން ގުޅުން ބަދަހިކުރަން ތައްޔާރުވެއްޖެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. 

ވައިޓްހައުސްގެ އޮފިޝަލަކާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާއި، ސުދާންގެ ބޮޑު ވަޒީރު އަބްދުﷲ ހަމްދޮކް، އަދި އެ ގައުމުގެ ޓްރާންޒިޝަނަލް ކައުންސިލްގެ ހެޑް ފައްތާހް އަލް ބުރްހާންއާއެކު ފޯނުން ބޭއްވުނު ބައްދަލުވުންތަކަށްފަހު ނިންމި ނިންމުމެކެވެ.

ސުދާން އަދި އިސްރާއީލްއިން ގުޅިގެން ނެރުނު ނޫސް ބަޔާނެއްގަ ވާގޮތުން، އެ ގައުމުތަކުގެ ލީޑަރުން ވަނީ ރަސްމީ ގޮތުން ގުޅުން ބަދަހިކޮށް ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ނައްތާލުމަށް އެއްބަސްވެފައެވެ. މިއާއެކު، ސުދާން ވެގެންދާނީ ފާއިތުވި 2 މަހެއްހާ ދުވަސް ތެރޭގައި އިސްރާއީލްއާއި ގުޅުން ބަދަހިކުރާ 3 ވަނަ އަރަބި ގައުމަށެވެ. 

މިކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، ފަލަސްތީންއާއި ސައުދީ އަރަބިއާ ހިމެނޭހެން އެހެން ގައުމްތަކުންވެސް އިސްރާއީލްއާއި ގުޅުން ބަދަހިކުރާނެކަމަށް އުންމީދުކުރައްވާކަމަށެވެ. ސުދާންގެ މި ނިންމުމަކީ އަނެއްކާވެސް ފަލަސްތީން ރައްޔިތުންނަށް ދެވުނު ކެއްސެއްކަމަށް ފަލަސްތީންގެ މިނިވަންކަމަށް މަސައްކަތްކުރާ ޕީއެލްއޯއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު