ފްރާންސްގައި ދެވަނަ ފަހަރަށް ލޮކްޑައުން - މިފަހަރު ޑިސެމްބަރު އެކަކަށް

އަންގާރަ ދުވަހު އެކަނިވެސް ކޮރޯނާ ވައިރަސްގެ ސަބަބުން ފްރާންސްގައި 523 މީހުން މަރުވެފައިވޭ އަންގާރަ ދުވަހު އެކަނިވެސް ކޮރޯނާ ވައިރަސްގެ ސަބަބުން ފްރާންސްގައި 523 މީހުން މަރުވެފައިވޭ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ފްރާންސް ދެވަނަ ފަހަރަށް ލޮކްޑައުން ކުރަން ނިންމާފައިވާކަމަށް އެގައުމުގެ ރައީސް އިއުލާންކޮށްފިއެވެ. ރައީސް އެމެނުއަލް މެކްރޯން މިކަން އިއުލާންކޮށްފައިވަނީ ބުދަ ދުވަހު ގައުމާ މުހާތަބު ކުރައްވާ ދިން ހާއްސަ ހިތާބެއްގައެވެ. 

މެކްރޯން ވިދާޅުވެފައިވާ ގޮތުގައި، ހުކުރު ދުވަހުން ފެށިގެން މުޅި ގައުމު ލޮކްޑައުން ކުރުމަށް ނިންމާފައިވާއިރު، މި ލޮކްޑައުން އުވާލެވޭނީ ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުއެވެ. ލޮކްޑައުންގެ ހާލަތުގައި، އަސާސީ ކާބޯތަކެތި ގަތުމަށާއި، ސިއްހީ ފަރުވާ ހޯދުމަށާއި، 1 ގަޑިއިރުގެ ކަސްރަތު ކުރުމަށް މެނުވީ އެއްވެސް ގޮތަކަށް ބޭރަށް ނިކުމެ އުޅުމަކީ މަނާކަމެކެވެ.

ފްރާންސްގައި ކޮރޯނާ ވައިރަސް ފެތުރޭ މިންވަރު އިތުރުވެ، އެ ގައުމުގެ 50 އިންސައްތަ އައިސީޔޫތައް މިހާރުވަނީ ފުރިފައެވެ. އެ ގައުމުގެ ސިއްހީ ސްޕެޝަލިސްޓުން މީޑިއާތަކަށް މައުލޫމާތުދީފައިވާ ގޮތުގައި، ކޮރޯނާ ވަރިސް ފެތުރޭ މިންވަރު ކޮންޓްރޯލް ނުކުރެވިއްޖެނަމަ ހުރިހާ އައިސީޔޫތަކެއްވެސް ފުރުން ވަރަށް ގާތެވެ. 

އަންގާރަ ދުވަހު އެކަނިވެސް ކޮރޯނާ ވައިރަސްގެ ސަބަބުން ފްރާންސްގައި 523 މީހުން މަރުވެފައިވެއެވެ. މުޅި ޖުމްލަ ފްރާންސިން މަރުވި މީހުންގެ އަދަދު އުޅެނީ 35،000 އަށްވުރެ މަތީގައެވެ. މިއީ މުޅި ދުނިޔެއިންވެސް 7ވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ. 

ކިޔުންތެރިންގެ ހިޔާލު