ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި 4 މީހުން މަރުވެއްޖެ

ބިންހެލުމުގެ އަސަރުކޮށްފައިވާ ސަރަހައްދެއް ބިންހެލުމުގެ އަސަރުކޮށްފައިވާ ސަރަހައްދެއް

ތުރުކީގެ އިޒްމީރު ނަމަކަށް ކިޔާ ސިޓީއަކަށް އައި ބިންހެލުމެއްގައި 4 މީހުން މަރުވެއްޖެއެވެ. 

އިޒްމީރުގެ މޭޔަރު ސީއެންއެންއަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ބިންހެލުމުގައި 20 ބިލްޑިންގ ވެއްޓި އޭގެދަށުވެ 4 މީހުންވަނީ މަރުވެފައެވެ. މީގެއިތުރުންވެސް، 120 މީހުންނަށް އެކިވަރުގެ އަނިޔާތަކަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އަންނަކަމަށް ތުރުކީގެ ހެލްތު މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

އިޒްމީރުގެ ރައްޔިތުން ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ބިންހެލުމުގެ އަސަރު 25 ސިކުންތަށް ދިގުދެމިގެން ދިޔަކަމަށެވެ. 

އިޒްމީރަކީ ތުރުކީގެ 3ވަނައަށް އެންމެ ބޮޑު ސިޓީއެވެ. އަލްޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ސިޓީގައި 4.5 މިލިއަން މީހުން ދިރިއުޅެމުން ދެއެވެ. 1999 ވަނަ އަހަރު އިޒްމީރް އަށް އައި 7.6 މެގްނިޓިއުޑްގެ ބިންހެލުމެއްގައި 17،000 މީހުން މަރުވެފައިވެއެވެ. މިފަހަރު، 7 މެގްނިޓިއުޑްގެ މި ބިންހެލުން އައީ އިޒްމީރުގެ ބޭރުން "އޭގަން ސީ" އަށެވެ. އަދި މި ބިންހެލުމުގެ އަސަރު ގްރީސްއަށްވެސް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު