94.5 އިންސައްތަ ކާމިޔާބު ކޮވިޑް ވެކްސިންއެއް

އެމެރިކާގެ ބަޔޯޓެކް ކުންފުންޏެއް ކަމަށްވާ މޮޑާނާ އިން އުފެއްދި ކޮވިޑް ވެކްސިން 94.5 އިންސައްތަ ކާމިޔާބު ކަމަށް އެ ކުންފުނިން ބުނެފިއެވެ. މިކަން އެ ކުންފުނިން ހާމަ މިކުރީ އެމެރިކާ އަދި ޔޫރަޕުގައި ކޮވިޑް ފެތުރެމުންދާ މިންވަރު ވަރަށް ބޮޑު ތަނުން އިތުރަމުންދާ ދަނޑިވަޅެއްގައެވެ. 

އެ ކުންފުނިން އުފައްދަން މަސައްކަތްކުރަމުންދާ ވެކްސިން މިވަގުތު ވެސް އޮތީ ފޭސް 3 ޓްރަޔަލްތަކުގައެވެ. މިދިޔަ ހަފްތާގެ ތެރޭގައި ވެކްސިން އުފެއްދުމަށް މަސައްކަތްކުރަމުން އަންނަ ފައިޒަރ އިން ވަނީ އެ ކުންފުނިން ޖަރުމަނުގެ ބަޔޯންޓެކްއާއެކު އުފައްދަމުންދާ ވެކްސިން 90 އިންސައްތަ ކާމިޔާބުކަމަށެވެ.  

އެ ކުންފުނީގެ ސީއީއޯ ވިދާޅުވީ މިއީ ވެކްސިން އުފެއްދުމަށް ކުރަމުންދާ މަސައްކަތުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބެއް ކަމަށެވެ. އަދި މި ވެކްސިންއިން ކޮވިޑް ވައިރަސް ނައްތާލެވޭނެކަން ފޭސް 3 ގެ ޓްރަޔަލްތަކާއެކު ހާމަވެގެން ގޮސްފި ކަމަށް އެ ކުންފުނީގެ ސީއީއޯ ވިދާޅުވިއެވެ. 

ކުރިޔަށް އޮތް ދުވަސްތަކުގައި ފައިޒަަރ އަދި މޮޑާނާގެ ވެކްސިންތަކަށް އިމަރޖެންސީ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ދޫކުރާނެ ކަމަށް ބެލެވެއެވެ. ހުއްދަ ދޫކުރިނަމަވެސް މިއަހަރު ނިމުމާ ހަމަޔަށް ވެކްސިން ދޫކުރަމުންދާނީ ކޮންޓްރޯލް ކޮށްގެންނެވެ. 


ކިޔުންތެރިންގެ ހިޔާލު