ވޯޓު އަލުން ގުނުމުން ވެސް ޖޯޖިއާ ސްޓޭޓް ކާމިޔާބު ކުރެއްވީ ބައިޑެން

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން ކުރިޔަށް ދިޔަ ސްޓޭޓްްތަކުގެ ތެރެއިން ޖޯޖިއާ ސްޓޭޓްގެ ވޯޓުތައް އަލުން ގުނުމުން ވެސް އިންތިހާބު ކާމިޔާބު ކުރެއްވި ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެން އެ ސްޓޭޓުން ކުރި ހޯއްދަވައިފިއެވެ. 

ޖޯޖިއާގެ ވޯޓުތައް އަލުން ގުނުމަށް އެއްވެސް ކެންޑިޑޭޓަކު ހުށަހަޅާފައި ނުވި ނަމަވެސް އަލުން ވޯޓުތައް ގުނާފައިވަނީ އެ ސްޓޭޓްގެ ގާނޫނުން ހަދަން ޖެހޭ އޮޑިޓެއް ފުރިހަމަ ކުރުމަށެވެ. އަލުން ވޯޓުތައް ގުނިއިރު އިންތިހާބީ ޝަކުވާއެއް ވެސް ހުށަހަޅާފައެއް ނުވެއެވެ. 

ޖޯޖިއާގެ ވޯޓުތައް އަލުން ގުނިއިރު އިންތިހާބު ބަލިވި މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ބައެއް ސްޓޭޓްތަކުގެ ވޯޓުތައް އަލުން ގުނުމަށް ކޯޓަށް މައްސަލަ ވައްދާފައެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ މި މައްސަލަތަކަކީ އެއްވެސް ހެއްކެއް ނެތި ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އިންތިހާބުގެ ބަލި ގަބޫލުކުރައްވަން ރައީސް ޓްރަމްޕް ދެކޮޅު ހައްދަވާފައިވާއިރު އެމަނިކުފާނުގެ އަމިއްލަ ވަކީލު ވެސް ވަނީ ބައިޑެންގެ މޮޅު ބަދަލުކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. 

ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓަކަށް 1992 ވަނަ އަހަރުގެ ފަހުން ޖޯޖިއާ ސްޓޭޓްގެ އިލެކްޓޯރަލް ވޯޓުތައް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް ބައިޑެން ވަނީ މިފަހަރު ޖޯޖިއާގެ 16 އިލެކްޓޯރަލް ވޯޓާއެކު 306 އިލެކްޓޯރަލް ވޯޓު ކަށަވަރުކުރައްވާފައެވެ. ރައީސް ޓްރަމްޕްއަަށް ލިބިވަޑައިގެންނެވި 232 އިލެކްޓޯރަލް ވޯޓެވެ. 

ކިޔުންތެރިންގެ ހިޔާލު